ފްލައިޓެއް ހައިޖެކްކުރާނެ ކަމުގެ އިންޒާރު، އަދި މީހަކު ހައްޔަރެެއް ނުކުރޭ!

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދީފައި ވަނީ މޯލްޑިވިއަންގެ ފްލައިޓު Q2274 އެވެ.
ފުލުހުން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މޯލްޑިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމަށް ބުނެ މީހަކު އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ އޮގަސްޓު 30ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.