ފްލައިޓެއް ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމީހާ ހައްޔަރު ކުރީ، ފުވައްމުލަކު އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މޯލްޑިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމަށް ބުނެ މީހަކު އިންޒާރުދިން މައްސަލައިގައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ އޮގަސްޓު 30 ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ފުލުހުން މިމައްސަލައިގައި އިތުރު ތަފްސީލެއް ނުދެއްވައެވެ. "ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޒާރު ދީފައި ވަނީ ފޮށިގަނޑެއް ކާގޯ ކުރަން އައި މީހެކެވެ. އަދި އިންޒާރު ދިނުމުން ފްލައިޓް ފުރުން ދެ ގަޑިއިރަށް ލަސްވެގެން ދިޔައެވެ.