ޚަބަރު އިޖުތިމާޢީ

ކޮވިޑްގެ އަދަދުތައް ދުވަހުން ދުވަހަކަށް މައްޗަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19އަށް ރާއްޖެއިން 173 މީހުން މިއަދު ފައްސިވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭން މިރޭ އާއްމު ކުރި އަދާހަމަތައް ދައްކާގޮތުގައި މާލޭ ސަރަހައްދުން 68 މީހުން އަލަށް ކޮވިޑަށް ފައްސިވެފައިވާއިރު އަތޮޅުތެރެއިން 89 މީހަކަށް ވަނީ އަލަށް ކޮވިޑް ޖެހިފައެވެ. ރިޒޯޓްތަކުން 16 މީހަކު ވެސް ވަނީ އަލަށް ކޮވިޑަށް ފައްސިވެފައެވެ.

މިވަގުތު ރާއްޖޭގައި 1895 މީހަކަށް ކޮވިޑް ޖެހިފައި ތިިބި އިރު 24 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިއަދު އަލަށް ކޮވިޑަށް ފައްސިވި 173 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 81،474 ކޮވިޑް-19 ޖެހިފައިވެއެވެ. މީގެ ތެރެއިން 79،340 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 226 މީހަކު ވަނީ ނިޔާވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!