ޚަބަރު

މިއީ ޖާހިލިއްޔަ ޒަމާނެއް ނޫން: ޑރ. ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

މިއީ ޖާހިލިއްޔަ ޒަމާނެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ އެ ކޮމިޝަންތަކުގެ ރިޕޯޓުތައް ފައިނަލް ކޮށްފައިނުވާތީ ކަމަށެވެ. މިހާތަނަށް ރިޕޯޓެއް ނެރުނީ މަރު ކޮމިޝަނުން އެކަންޏެވެ.

ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ނެރުނު ރިޕޯޓް ފައިނަލް ނުވި ނަމަވެސް އެ ރިޕޯޓުގައި ތުހުމަތެއް ކޮށްފައިވާ ޑރ. ޝަހީމްގެ މައްސަލަ މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ތުހުމަތެއްގައި ޖިނާއީ ތަހުގީގެއް ވެސް ނުހިންގައި އަދި ފުރިހަމަވެފައި ނެތް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އާދަމްގެ ދަރީންގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ގޮތެއް ވިދާޅުވެ ދެއްވުމަށް ހޫދުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑރ. ޝަހީމްގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް މަރު ކޮމިޝަނުން ސާފު ކުރަމުން އަންނަ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!