ޚަބަރު ސިޔާސީ

ހިޔާ ފުލެޓުގައި ކަނޑައެޅިފައިވާގޮތަށް ލުއި އަގުގައި ރައްޔިތުންނަށް ފުލެޓު ލިބެންޖެހޭ :އުގެއިލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އެޑިޝަން އެމްވީ

ދެ ސަރުކާރެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަތިލެވޭ ގުރުބާނީއަކަށް ދިވެހި ރައްޔިތުންވުން ބަލައި ނުގަނެވޭކަމަށާއި ހެޔޮވެރިކަމެއްގައި އިސްކުރަންވާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އޯގާވެރިކަން ކަމަށް ފްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގައި ކަނޑައެޅިފައިވާ ގޮތަށް އެފުލެޓުތައް ރައްޔިތުންނަށް ލިބޭން ޖެހޭކަމަށެވެ.

"ދެސަރުކާރެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަތިލެވޭ ގުރުބާރީއަކަށް ދިވެހި ރައްޔިތުންވުން ބަލައެއް ނުގަނެވެއެވެ. ހިޔާ މަޝްރޫއުގައި ކަނޑައެޅިފައިވާގޮތަށް އެ ފުލެޓުތައް ރައްޔިތުންނަށް ލިބޭން ޖެހެއެވެ. އެކަށޭނެ ވަސީލަތްތަކާއެކުގައެވެ. ރައްކާތެރި ގޮތުގައެވެ. ލުއި އަގުގައެވެ. އަދުލުވެރި އިންސާފުވެރި އަދި އޯގާތެރި ގޮތަކީ މިއީއެވެ." އުގެއިލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުން ނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮފެސަރ އުގެއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އުގެއިލަކީ ހިސާބު އިލްމުން ޕީއެޗް.ޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެއްސެވެ. އޭނާއަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާ ވެސް މެއެވެ. އުގައިލް ވަނީ އެ ޔުނިވަސިޓީގެ އެންމެ ޝަރަފުވެރި މަގާމު ކަމަށްވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާ އެވޯޑް ވެސް ހާސިލް ކުރައްވައިފައެވެ.

  1. ސަލީމް

    މަނިކުފާނަކީ ؟އަޅުގަޑުތާާއިދުކުރާބޭފުޅެށް ؟
    އެކަމަކުތިދަށްކަވާާ ވާހަކަޔަކަށްތާއިދުކުރެވޭކަށްނެށް؟
    މަސަލަޔަކީ މިހާރުސަރުކާާރަން ފުލެޓުދިނީދިރިއުޅެން؟
    ދިނީމާ އަހަރެމެންކަހަލަރާޖެތެރެމީހާޔަށް 02 އެޕާޓުމެންޓު 12000 ރުފިޔާއަށްދެނީކުށްޔަށް؟
    މީތިކަމަކުނުދޭ ވަކިބަޔެށްގެހަށްގުހޯދަން މަސަށްކަޔްނުކުރަށްވާާ ހުރިހާމީހުންވެސްހަމަހަކުރަށްވާާ؟
    ކޮންމެކަމެށްކުރިޔަސް ލޯނުނެގިޔަސް އެދަށްކާނީ ޓެކުސްފާސާއިން ހުރިހާރައްޔިތުންވެސްޓެކުސްދައްކާާނެ.
    ކޮބާތިކިޔާމާލޭމީހުށްނަކީ ނުތިބޭނެމާާލޭމީހުނެއްހުސްދިވެހިރައްޔިތުން ؟؟؟؟
    މަނިކުފާނުމެންފަދަތަޢުލީމީ މީހުންދަށްކާކަހަލަވާހަކަޔެށްވެސްނުންތީކީ ؟
    ތިވާހަކަޔަކަށްތާއިދުކުރެވޭކަށްނެޔް؟؟؟؟؟
    ހާލުގައުޅެނީ ލިބޭއިރަށްދެނީކުށްޔައް އެވާާހަކަވެސްދަށްކަވާ..؟؟؟؟ ތިއަގުބޮޑުނޫކަންއަބައެގޭތާ.. 10000 ¿12000ހާހަށްކުއްޔަށްދެވޭނީ ؟ކޮބާބޮޑުވެފާ ބޮޑުނަމަކުށްޔަކަށްނުދޭވޭނެނޫ … ބޮޑެށްނޫން؟
    ހުރިހާކަމަކުންވެސް ނާޖާޢިޒު މަންފާހޯދުންކަމަކީ ….
    އާދޭސްކޮށްގެންކުޑައަގުގަހޯދަނީ ހެވިފާބޮޑުއަގުދެނީކުށްޔަށް ؟؟؟؟؟ކިހާހެޕީތޯ ….