ދުނިޔެ

ޙަފްލާއެއްގެ ތެރޭގައި ފްރާންސްގެ ރައީސްގެ ގަޔަށް ބިހެއް ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކާބޯތަކެތީގެ މައުރަޒެއްގައި ހުންނަވަނިކޮށް، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ގަޔަށް ބިހެއް ޖަހައިފިއެވެ.

Ads by Sosun Fihaara

ލީއޯންގައި މިއަދު ބޭއްވި ޙަފްލާއެއްގެ ތެރޭގައި، މެކްރޯންގެ ގަޔާ ދިމާލަށް މީހަކު އެއްލި ބިހެއް އޭނާގެ ކޮނޑުގައި ޖެހި ބިން މައްޗަށް ވެއްޓުނު ކަމަށް އެތަނުގައި އެވަގުތު އެތަނުގައި ހުރި ނޫސްވެރިއެއް ކަމަށްވާ ފްލޮރެންސް ލާގޯ ބުނެފައިވެއެވެ.

ސިރްހާ ފުޑް އެންޑް ހޮސްޕިޓެލިޓީ ފެއާގައި ހިނގި މި ހާދިސާގެ ވީޑިއޯއެއް މިހާރު ޓްވިޓާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ބިހެއް ރައީސް މެކްރޯންގެ ކޮނޑުގައި ޖެހޭ ތަނެވެ. އެއަށްފަހު ދެން ދައްކަނީ އެވަގުތު އެތަނަށް އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ބިޑި އަޅުވައިގެން ފުލުހުން ގެންދާތަނެވެ.

މެކްރޯންގެ ގަޔަށް ބިސް ޖެހީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށް ލާގޯ ބުނެފައިވެއެވެ. މެކްރޯންގެ ގަޔަށް ބިސް އެއްލީ ޒުވާން ފިރިހެނެއް ކަމަށާއި އޭނާ ބިސް އެއްލީ ރުޅި އައިސްގެން ކަމެއް ފާހަގަ ވެފައި ނުވާ ކަމަށް ވެސް ލާގޯ ބުނެފައިވެއެވެ.

މި ހާދިސާ ހިނގިއިރު އެތަނުގައި މެކްރޯން ކައިރީގައި ހުރި އެލައިސީ ޕެލެސްގެ ތަރުޖަމާނު ބުނީ، މިއީ ބަޔަކު ރުޅިވެރިކަމުން، ނުވަތަ ހަމަނުޖެހުމެއް ހިންގުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ، މިކަން ހިނގި ފަހުން ވެސް މެކްރޯން އެތަނުގައި ވަރަށް ހަމަޖެހިލައިގެން ހިނގި ކަމަށާއި އޭނާއަށް އެ ފެއާގައި ތިބި މީހުން މަރުހަބާ ވެސް ކީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!