ޝަރުޢީ ދާއިރާ

ރަހީނު ކުރި މައްސަލައިގައި ދައުވާ ލިބޭ މީހުން ދޫކޮށްލަން ނިންމި ނިންމުން ގޯސް: ހައިކޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި، ދައުވާ ލިބޭ ދެ މީހުން ދޫކޮށްލަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ގޯސްކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

Ads by Sosun Fihaara

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެ ރަށު މާތުނޑި/ މުއާޒް އަލީއާއި ސެޓްލައިޓް/ މުހައްމަދު އާދަމްގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ތުހުމަތު އުފުލިފައި ވަނީ އުމުރުން 29 އަހަރުގެ މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކުރިކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލިފައިވާ މުއާޒު އަލީއާއި މުހައްމަދު އާދަމް ހައްޔަރުކޮށް އެ މީހުންގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންމެ ފަހުން އެދުމުން، ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުން ނިންމީ އެ ދެ މީހުން ދޫކޮށްލުމަށެވެ. އެގޮތުން ކުޅުދުއްފުށީ ކޯޓަށް ފެނުނީ އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ އިތުރު ސަބަބެއް ނެތް ކަމަށެވެ.

ކުޅުދުއްފުށީ ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ހުކުމް ކުރީ ކުޅުދުއްފުށީ ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!