ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވައިލާނެކަމަށް ބުނެ އިންޒާރުދިން މީހާގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ މއ. ރެސްޓިންގހައުސް، މުޙައްމަދު ޢިނާދު 30 ޖޫން 2021 ދުވަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓްވިޓަރގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވައިލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަން ގޮއްވައިލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާއާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވައިލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންގެ މައްސަލަަތައް ބަލަައި ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންޑިއާ ހައިކޮމިޝަން ގޮއްވައިލާނެ ކަމަށް އިންޒާރު ދީފައި ވަނީ "ރޯޔަލް ހުސެން ތަކުރު" ނަމުގައި ހަދައިފައިވާ ޓްވިޓާ އެކައުންޓަކުންނެވެ. އެ ދައުވާ ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 4 އަހަރާއި 6 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.