Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިނިސްޓަރު ޒަހާ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާ ސުވާލުކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރު ޒަހާއާ ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ މަޑަވެލި ދާއިރާގެ މެންބަރ ހުސައިން ފިރުޝާން އެވެ.

ފިރުޝާން މިނިސްޓަރާއި ކުރައްވާ ސުވާލުގައި ވަނީ މަސް ފެކްޓްރީ އެއް ހެދުމަށް ހޮރައިޒަން ފިޝަރީޒް އަށް ގދ. ހޯނޑެއްދޫއިން ބިން ދޫކޮށްފައިވާތާ ގާތްގަޑަކަށް 14 އަހަރުވެފައިވާއިރު، މަސްފެކްޓްރީގެ މަސައްކަތް ނިންމުމަށް އެއްވެސް މުހުލަތެއް އެއްވެސް އިރެއްގައި ދީފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށެވެ.

Advertisement
Ooredoo — Square (box)

އަދި ހޮރައިޒަން ފިޝަރީޒް އާއި ފިޝަރީޒް މިނިސްޓްރީ އާ ދެމެދުވެފައިވާ އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށްވެސް ފިރުޝާންގެ ސުވާލުގައި އެދިވަޑައިގަންފައިވެއެވެ.

މިނިސްޓަރު ޒަހާއާ ސުވާލުކުރުމުގެ އިތުރުން މާދަމާގެ ޖަލްސާ އަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް އެޖެންޑާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް