އޭޝިއާ ދުނިޔެ

އޭޝިޔާގެ އެންމެ މުއްސަނދި މީހާ އިންޑިއާގައި "ސެވަން އިލަވަން" ލޯންޗް ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މުކޭޝް އަންބާނީ

އިންޑިޔާގެ ބިލިއަނަރު އަދި އޭޝިޔާގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ މުކޭޝް އަންބާނީގެ ރިލަޔަންސް ކޮމްޕަނީން އިންޑިޔާގައި ސެވަން އިލަވަން ލޯންޗުކުރުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ސެވަން އިލަވަންގެ ފުރަތަމަ އަޓުލްލެޓް އަންނަ ހޮނިހިރު ދުވަހު އިންޑިޔާގައި ހުޅުވުމަށް ނިންމާފައިވާއިރު ސެވަން އިލަވަންގެ އައުޓްލެޓެއް އިންޑިޔާގައި ހުޅުވުމަކީ ބޮޑު ކާމިޔާބެއް ކަމަށް ސެވަން އިލަވަން ފާސްޓްފުޑް ކޮންޕަނީ އިން ބުނެއެވެ.

އެމެރިކާގެ ފާސްޓް ފުޑް ވިޔަފާރިއެއް ކަމަށްވާ ސެވަން އިލަވަންއިން މިހާރު ވެސް 18 ގައުމެއްގައި 77 ހާހަށް ވުރެ ގިނަ އައުޓްލެޓް ތައް ވަނީ ހުޅުވައިފައެވެ. ފާސްޓް ފުޑް ކުންފުންޏެއްގެ ގޮތުގައި މި ކުންފުނި މަޝްހޫރު ވެފައި ވީނަމަވެސް އެކުންފުނިން ތެލާއި ގޭހުގެ ވިޔަފާރީގެ އިތުރުން ވެސް ގިނަ ވިޔަފާރިތައް ދަނީ ކުރަމުންނެވެ.

އިންޑިޔާގެ ބިލިއަނަރެއް ކަމުގައިވާ މުކޭޝް އަންބާނީއަކީ މަޝްހޫރު ރިލައަންސް އިންޑަސްޓްރީގެ ފައުންޑާ އަދި ޗެއަރމަނެވެ. މި ކޮމްޕަނީއަކީ އިންޑިޔާގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ކޮންޕަނީއެކެވެ. މިގޮތުން ޕެޓްރޯލް އަދި ކެމިކަލްގެ ވިޔަފާރިއާއި ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރިއާއި އަދިވެސް އެތައް ރީޓެއިލް ވިޔަފާރިއެއް މިކޮމްޕަނީގެ ދަށުން އަންނަނީ ހިންގަމުންނެވެ.

މުކޭޝް އަންބާނީގެ މިލްކިއްޔާތު މިހާރު ވެސް 99 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އޭނާއަކީ މުޅި އޭޝިޔާގެ އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް މަޖައްލާއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!