ޚަބަރު

ދެ ކުދިންގެ ވީޑިއޯ އާންމުކުރި މީހާ ހޯދުމުގެ މަސައްކަތް އެބަ ކުރަން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ދެ ކުއްޖަކު، އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ދެ ކުދިން އެނގޭ ގޮތަށް ވީޑީއޯކޮށް، އެ ކުދިންނަށް އިތުރު އަނިޔާ އަށް ހުށަހެޅޭގޮތަށް ބޭޒާރުކޮށްލި މައްސަލަ ތަހުގީގުކުރާނެ ކަމަށާއި ވީޑިއޯ ވައިރަލްކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖެންޑާ އިން ކުރި ޓުވީޓެއްގައި ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ އިރު، އެކަން ފާހަގަވީ ވެސް ސޯޝަލް މީޑީއާ އިން ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ، ފުލުހުންނާ އެކު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުފަތުރަން މިނިސްޓްރީން އެދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!