ޚަބަރު

ނިސްބަތުން ބޮޑު ޚަރަދެއް ފުޓްބޯޅައަށް ކުރާ ސަބަބު ދަނޑު ކައިރިން ފެނިގެންދޭ: މަޙްލޫފް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ދަނޑު ކައިރީ މުޒާހަރާ ކުރަމުންދާ މީހުން ބައްސާމްގެ އިސްތިއުފާއަށް ދަނީ ގޮވަމުން.. ފޮޓޯ/ވަގުތު

ކުޅިވަރުތަކުގެ ތެރެއިން ދިވެހި ރާއްޖޭގައި ނިސްބަތުން އެންމެ ބޮޑު ޚަރަދެއް ކުރާ، ފުޓްބޯޅައަށް ޚަރަދު ކުރާ ސަބަބު މިއަދު ސާފު ވެގެންދާނެ ކަމަށް ސަސްޕެންޝަންގައި ހުންނެވި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސާފްޗެންޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗަށް ޓިކެޓް ނުލިބިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު ވަނީ ގަލޮޅު ދަނޑު ކައިރީ މުޒާހަރާކޮށްފައެވެ. 5،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމްގެ ޓިކެޓް ވިއްކާ ފެށިތާ އިރުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

"ރާއްޖޭ މެޗަށް ޓިކެޓް ނުލިބުމުން ގަދަކަމުން ދަނޑަށް ވަދެގެންފި" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ލިޔުމެއް ޓްވީޓް ކުރައްވަމުން މަޙްލޫފް ވިދާޅުވީ، މިކަމުން ފެނިގެންދަނީ ފުޓްބޯޅައިގެ ފޯރި ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ ކަމަށާއި، ކުރާ ޚަރަދު ނިސްބަތުން ބޮޑުވަނީ އެ ސަބަބާ ހެދި ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެހެން ކުޅިވަރުތައް ވެސް ނިސްބަތުން ތަފާތުނުުކޮށް، ޚަރަދުކޮށް، އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިކަމަށް އެތުލީޓުން ހެކިވާނެ ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

"ފުޓުބޯޅަ ފޯރި. ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ،ކުރާ ހަރަދު ނިސްބަތުން ބޮޑު ވަނީ އެ ސަބަބާ ހެދި. ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައް ވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތައް އަދި އެތުލީޓުން ހެކިވާނެ" މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް މިހެން ވިދާޅުވިއިރު، ރާއްޖޭގެ ކުޅިވަރުގެ ވުޒާރާއިން ކުޅިވަރުގެ އެހެން ދާއިރާތަކަށް ސަމާލުކަން ނުދޭ ވާހަކައަކީ ވަރަށް ކުރިއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ.

  1. ރަދީފް

    ޓިކެޓް ވަގު.ލޮލް.މީތި ވަރަށް 6ބޭސް.

  2. ކިސް

    އެންމެ އިގޭ މިނިސްޓަރު