ޚަބަރު

އިންޑިއާއަށް ވިސާ ހޯދުގައި ދިމާވާ ތަކުލީފުތައް އެނގޭ، އަވަސް ހައްލެއް ލިބޭނެ: އަބްދުﷲ ޝާހިދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާއަށް ސިއްހީ ކަންކަމަށް ދަތުރު ކުރާ ދިވެހިންނަށް ދިމާވާ ވިސާ ނުލިބޭ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް، އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އިންޑިއާގެ ބޯޑަރު ބަންދުވެފައި އޮތުމާ އެކު، އިންޑިއާއަށް ދާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިނގިރޭސިން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅިވިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އިންޑިއާއަށް ދާން ވިސާ ހޯދުމުގައި ދަތިވާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ސިއްހީ ކަންކަމުގައި ވިސާ ހޯދަން އެތައް ގަޑިއިރަކު އިންޑިއާ އެންބަސީ ދޮރުމަތީ ވިސާއަށް އެދި ދިވެހިން ކޮންމެ ދުވަހަކު ސަލާން ޖަހައެވެ.

Ads by Ooredoo
  1. މަރުހަބާ

    3 އަހަރުވަންދެން އެނގުނު. އޭގެފަހުން 2021 ގައި ހައްލު ހޯދަން ފަށައިފި. ޝުކުރިއްޔާ