ޚަބަރު

މިނިސްޓަރު އައިޝާ "ފިޔަވަތި" އަށް ޒިޔާރަތް ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

އަލަށް އައްޔަނު ކުރެއްވި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ "ފިޔަވަތި" އަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިނިސްޓަރު އައިޝާގެ މި ޒިޔާރަތުގައި އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލުކުރައްވައި، އެ ތަނުގެ ޙާލަތު އޮޅުންފިލުއްވި ކަމަށެވެ.

ހުޅުމާލޭގައި ދެބުރިއަށް އިމާރާތްކޮށްފައިވާ ފިޔަވަތި މަރުކަޒަކީ 12 ކޮޓަރި ހިމެނޭގޮތަށް އިމާރާތްކުރައްވާފައިވާ އަދި ދެޖިންސްގެ ކުދިންނަށް ވަކިން ދިރިއުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމު ކުރައްވާފައިވާ މަރުކަޒެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 155 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!