ޚަބަރު އިޖުތިމާޢީ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އަދި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާތަކެތި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޮކްޓޯބަރ 13 ވަނަ ދުވަހު ރާދަފަތި ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ތިން ގޯނި ހޮޅިބިޑި. އިންސިޑެންޓް ނަންބަރ 501078

އޮކްޓޯބަރ 15 ވަނަ ދުވަހު ޕޮލިސް ވެހިކަލް ގަރާޖު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ތިން ދަގަނޑު. އިންސިޑެންޓް ނަންބަރ 501338

އޮކްޓޯބަރ 19ވަނަ ދުވަހު މިރިޔާސްމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ 11 ރޯލު ތްރީ ކޯރ ކޭބަލް. އިންސިޑެންޓް ނަންބަރ 501654

އޮކްޓޯބަރ 19ވަނަ ދުވަހު ޔާގޫތު ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ 31 ހޮޅި ބިޑި. އިންސިޑެންޓް ނަންބަރ 501657

އޮކްޓޯބަރ 20 ވަނަ ދުވަހު ރީތި ފޮޓޯ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރ 501765

އޮކްޓޯބަރ 20 ވަނަ ދުވަހު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގައިފައިވާ ކަމަށް ފަސްޓްއެއިޑް ކިޓެއް. އިންސިޑެންޓް ނަންބަރ 501753

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރެއްވުމަށާ އިކާކުކަން އެނގޭނެ ލިޔުމަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!