ލައިފްސްޓައިލް

ދޮންނަ މެޝިނުން މިތަކެތި ދޮވެވޭކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދޮންނަ މެޝިނުން އާއްމުކޮށް އެންމެން ކަހަލަ ގޮތަކަށް ދޮންނަނީ އަންނައުނެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އަންނައުނުގެ އިތުރުން، އެހެން ބައެއް ތަކެތިވެސް ދޮންނަ މެޝިނުން ދޮވެވޭ ކަމެވެ.

Ads by Sosun Fihaara

މިގޮތުން ތިރީގައިއެވަނީ ދޮންނަ މެޝިނުން ދޮވެވޭ ބައެއް ތަކެއްޗެވެ.

ބާލީސް

އާއްމުކޮށް އެންމެންވެސް ބާލީސް އުރަ ދޮވެއެވެ. ނަމަވެސް ބާލީސް އެއީ ދޮންނަ އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އާއްމުކޮށް އަވީގައި ބާއްވާފައި، ވަކި ވަރަކަށް ބާވުމުން ބާލީސް އެއްލާލަނީއެވެ. ނަމަވެސް ކޮންސިއުމާ ރިސޯސެސް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، "ޑްރައި ކްލީން އޮންލީ" މި ލޭބަލް ޖަހާފައިވާ ބާލީސް އަހަރަކު ދެފަހަރު ދޮންނަން ޖެހެއެވެ. އަދި މިގޮތަށް ދޮންނައިރު، ދެ ބާލީސް އެއްފަހަރާ ދޮތުން ބުއްދިވެރި ކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ. އޭރުން މެޝިންތެރޭ މި ބާލީސްތައް ބެލެންސްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މޮޕް

މޮޕް ލުމަށް ބޭނުންކުރާ މޮޕްގެ ދަނޑިބައިނޫން އަނެއްބައި، މޮޕްލުމުގެ ސަބަބުން ވަރަށް އަވަހަށް ހަޑިވެއެވެ. އާއްމުކޮށް މޮޕް ހަޑިވުމުން ގިނަ ބަޔަކު ސާފު ކުރުމުގެ ބަދަލުގައި އެއްލާލައެވެ.ނަމަވެސް މޮޕްގެ މިބައިވެސް ދޮންނަ މެޝިނުން ދޮވެލެވޭނެއެވެ.

ބެއަރ ފަދަ ތަކެތި

ބެއަރ ފަދަ ކޮޓަން އިން ހަދާފައި ހުންނަ ޖަނަވާރުވެސް ދޮންނަ މެޝިނުން ދޮވެލެވޭއެވެ. "ޑޯންޓް ވޮޝް" މި ލޭބަލް ނުޖަހާ ކޮންމެ ބެއަރއެއްވެސް ދޮވެވޭނެއެވެ. މިގޮތުން މިފަދަ ތަކެތި ދޮވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މިތަކެތިން ފެތުރޭ ޖަރާސީމުން، ބަލިތައް ފެތުރޭތީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!