18 ކިލޯގެ ޑްރަގާ އެކު އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފި

18 ކިލޯގެ ޑްރަގާ އެކު އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ ބްރެޒިލްއަށް ނިސްބަތްވާ ކްރިސްޓިއާނޯ ސިލްވާ، 28 އާއި ނައިރު ނޫނޭސް ޑިސޫޒާ،37 އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އެ ދެމީހުން ގެންގުޅުނު ލަގެޖަކުންނެވެ. ޕެކިންއާ އެކު އެ ތަކެތީގެ ބަރުދަނުގައި 18.857 ކިލޯ ހުއްޓެވެ.
މިހާރު އެ ދެމީހުން ވެސް ވަނީ ކޯޓު އަމުރަކާ އެކު ފުލުހުންގެ ބަންދުގައެވެ. ކްރިސްޓިއާނޯއަށް 15 ދުވަސް ކޯޓުން މުއްދަތު ޖަހައިފައިވާއިރު ނައިރު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނީ 7 ދުވަހެވެ.