ދުނިޔެ

އެމެރިކާއިން ސައުދީއަށް މިސައިލް ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާއަށް 650 މިލިއަން ޑޮލަރުގެ މިސައިލް ވިއްކުމަށް އެމެރިކާއިން ރުހުން ދީފައިވާކަމަށް ޕެންޓަގަންއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހު ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަތިޔާރު ވިއްކުމަށް ރުހުން ދިނީ ރިޔާދަށް، މިހާރު ކުރިމަތިވެފައިވާ އަދި މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

"މި މިސައިލްތައް ސައުދީއަށް ލިބުމުން، މެދުއިރުމަތީގެ ސިޔާސީ އަދި އިގުތިސޯދީ ކުރިއެރުމަށް އެހީތެރިވާނެ.  އަދި މުހިންމު ބާރެއްގެ ގޮތުގައި ދެމިއޮތް އެކުވެރި ގައުމެއްގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް އެހީތެރިވެދީ އެމެރިކާގެ ހާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތަށް އެހީތެރިވެދޭނެ،" ޕެންޓަގަން އިން ބުންޏެވެ.

އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކަން ނިންމީ ޔަމަނުގައި ސައޫދީ އަރަބިއްޔާއިން ހިންގާ "އޮފެންސިވް އޮޕަރޭޝަންސް"ތަކަށް އެމެރިކާއިން ކުރާ ތާއީދު ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވިތާ މަސްތަކެއް ފަހުންނެވެ.

ސައުދީއަށް ވިއްކުމަށް ނިންމައިފައިވާ ހަތިޔާރު ވިއްކަން، އެމެރިކާގެ ރުހުން ހޯދާކަށް ނުޖެއެވެ. އެހެން ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ނުރުހުން ފާޅުކުރުމުގެ ބިލެއް ފާސްކޮށްގެން މި އެއްބަސްވުމަށް ހުރަސް އެޅިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!