ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ޚާއްޞަ ކެފޭ ، ޗެމްޕްސް ކުލަބް!

ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ޚާއްޞަކޮށް ، ތައްޔާރުކޮށްފައިވާ ކެފޭއެއް ކަމަށްވާ ޗެމްޕްސް ކްލަބު ހުޅުވައިފިއެވެ.
މުރަނގަމަގާއި ހަނދުވަރީ ހިނގުން ގުޅޭ ހިސާބުގައި ހުންނަ މި ކެފޭ ހުޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ. މި ކެފޭ ހުޅުވައިދިނީ ކެފޭގެ ވެރިޔާ އަޒްލީން މުޙައްމަދުގެ މަންމައެވެ. މިދިޔަ އާދީއްތަ ދުވަހަކީ އަޒްލީންގެ މަންމަގެ އުފަންދުވަހެވެ.

އަޒްލީންގެ އާއިލާ
މި ކެފޭއިން ކޮފީއާއި އެހެނިހެން ބުއިންތަކުގެ އިތުރުން ތަފާތު ކެއުން ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ގިނަ ބަޔަކަށް މީރު "ލާމު ގޮޅަ ރިހަ" ވެސް އެ ކެފޭއިން ލިބޭނެއެވެ.
މިކެފޭ ފަރުމާކޮށްފައި ވަނީ ފުޓްބޯޅަ ތީމަކަށެވެ. "ދެން"އަށް މައުލޫމާތުދެމުން އަޒްލީން ބުނީ ކެފޭ ފުޓްބޯޅައިގެ މާހައުލެއްގެ ގޮތަށް ފަރުމާކުރީ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ޚާއްޞަކޮށްގެން ކަމަށާއި ކެފޭގައި ފުޓްބޯޅަ މެޗުތައް ބެލުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ، އަދި އެ ކެފޭއިން އެއްފަހަރާ ދެ މެޗު ބަލައިލެވޭނެ ކަމަށް ވެސް އަޒްލީން ބުންޏެވެ.

ގައުމީ ޓީމްގެ ކީޕަރ، ފައިސަލް
މި ކެފޭ ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި ،ގައުމީ ޓީމުގެ އެއްވަނަ ކީޕަރު ފައިސަލް ވެސް ވަނީ ބައިވެރިވެފައެވެ. ލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް ޓޯނަމަންޓްގައި ވާދަކުރުމަށް ގައުމީ ޓީމު ، ލަންކާގައި ވީ ނަމަވެސް ފައިސަލްއަށް ބައިވެރި ނުވެވުނީ އަނިޔާގެ ސަބަބުންނެވެ.
ކެފޭ އެތެރެ ފޮޓޯކޮޅެއް ލާން ނޭނގުނޭ ދޯ. ތަނެއްގެ ވާހަކަ ދައްކާއިރު އެތަން ހުންނަގޮތް ބަލާލަން މީހުން ބޭނުންވާނެ.