ދުނިޔެ

ޑުޓާޓޭގެ ދަރިކަނބަލުން ފިލިޕީންސްގެ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ އެންމެ ދޮށީ ދަރިކަނބަލުން އެ ގައުމުގެ ނައިބު ރައީސްކަމަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Sosun Fihaara

ޑުޓާޓޭގެ ދަރިކަނބަލުން އުމުރުން 43 އަހަރުގެ ސާރާ ޑުޓާޓޭ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ނިންމެވީ އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ކެނޑިޑޭޓްގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމުން ކަމަށް އެ ކަމަނާގެ ސްޕޯކްސްޕާރސަން މޭޔާރ ކްރިސްޓީނާ ގްރާސިއާ ވަނީ ވިދާޅުވެފައެވެ.

ފިލިޕީންސްގައި ރައީސްއާއި ނަައިބު ރައީސް އިންތިހާބު ކުރަނީ ވަކިވަކިން ވޯޓް ލައިގެންނެވެ.

ސާރާ ވާދަ ކުރައްވާ އިންތިހާބު އޮންނާނީ އަންނަ 2022 ވަނަ އަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހުއެވެ. މިއިންތިިހާބުގައި ގަވަރުނަރުންނާއި މޭޔަރުންގެ އިތުރުން ލޯކަލް އޮފިޝަލުންވެސް އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި ސާރާގެ އިތުރުން ބައްޕާފުޅުގެ ގާތް ބޭކަލުން ކަމުގައިވާ، ސެން ބޮންގް ގޯ، ސެނެޓުގެ ރައީސް ސިޓޯ ޓޮޓޯ، ސެން ކިކޯ ޕެންގިލިނަން، ކުރީގެ ކޮންގްރެސް މޭން ވަލްޑެން ބެއްލޯ އަދި ޑރ. ވިލީ އޮންގް ވެސް ވާދަ ކުރައްވާނެކަމަށް ވަނީ ބޭރުގެ މީޑިޔާ ތަކުން ރިޕޯޓްކޮށްފައެވެ.

6 އަހަރަށް ފަހު ޑުޓާޓޭ އެ ގައުމުގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!