ޚަބަރު

އިގްތިސާދު ދަށަށް ވިޔަސް މަޝްރޫތައް ނުހުއްޓާނެ: މިނިސްޓަރު އަމީރު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރި ނަމަވެސް، ޕީއެސްއައިޕީ ޕްރޮޖްކްޓުތައް ހުއްޓައި ނުލައި ކުރިއަށް ގެންދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ވަަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދައުލަގެ ހަރަދު ކުޑަކުރަން ނިންމާފައި ވަނީ ރިކަރެންޓް ހަރަދުގެ ތެރެއިން ކަމަށެވެ.

އަދި ދަށްވާ މިންވަރު ފެންނަން ފަށާނީ ދެތިން ހަތަރު މަސް ފަހުން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޗައިނާއަކީ ދުނިޔޭގެ "އިގްތިސާދުގެ ކާރުހާނާ" ކަމަށެެވެ. އަދި ޗައިނާގެ އިގްތިސާދަށް ކުރާ އަސަރެއް އެހެން ގައުމުތަކަށް ވެސް ކުރާނެކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީންނެވެ. ޗައިނާގެ ގިނަ ފެކްޓްރީތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮޅުމަށް ސަރުކާރުން ތައްޔާރުވުމުގެ ގޮތުން ރިކަރަންޓު ހަރަދު ކުޑަކުރަން ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ނުހުއްޓޭނެކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެން ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތައް އެއްވެސް ވަރަކަށް ހުއްޓައިލުމަށް، އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ހަމަ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް ޕްރޮޖެކްޓްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ" އަމީރު ވިދާޅުވިއެވެ.

އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ޗައިނާ އިންނެވެ. މިދިއަ އަހަރު ޗައިނާ އިން އައި ޓޫރިސްޓުގެ އަދަދު އުޅެނީ 260،000 އަށް ވުރެ މަތީގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!