ލައިފްސްޓައިލް

މެސެންޖަރ ވޭވް އަކުން ފެށުނު ލޯބީގެ ވާހަކައެއް

ދެން އެމްވީ ، ދެން އޮންލައިން

"ތި ވޭވް ކުރަނީ، އަޅެ ފަހެ ފެންނަނީ ޓެކްސީއެއްގެ ސިފައިގަތަ؟"
މިއީ މީގެ އަހަރެއް ކުރިން އަހަރެން ލިޔުނު ސުރުޚީއެެކެވެ. ނަމަވެސް މިއަދު އަހަރެންގެ ވިސްނުން ބަދަލުކޮށްލީ ފެނުނު ޚަބަރަކުންނެވެ.

Ads by Sosun Fihaara

ޕިލިޕީންސްގެ ދެ ލޯބިވެރިން ކަމުގައިވާ ކޭޓް އަދި ޖީނާގެ ޚަބަރުންނެވެ. ކޭޓް އަދި ޖީނާގެ ލޯބީގެ ވާހަކަ ފެށުނު ގޮތް ވަރަށް ތަފާތެެވެ. ކޭޓް އިއްޔެ ފޭސްބުކްގައި އާއްމުކޮށްފައިވާ ސްޓޭޓަސްއަކުން އެދެމީހުން ވާހަކަ ދައްކަން ފެށިގޮތްވަނީ ކިޔައިދީފައެވެ.

"ބައެއް މީހުން ޤަބޫލެއް ނުކުރާނެ އަސްލު އަހަރެން ވާހަކަ ދައްކަން ހަމަ ވޭވް ކޮށްލި އޭ ބުނީމަ." މެސެންޖަރ ސްކްރީންޝޮޓަކާއެކު ކޭޓްކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.

ކޭޓް ބުނެފައިވަނީ އެދެމީހުންނަށް ކުރިންވެސް ދެމީހުން ކަމުދާ ކަމަށާއި ނަމަވެސް ވާހަކަ ދެއްކަން ނުކެރޭތީ ދެމީހުން ދިމާނުވާ ކަމަށެވެ. އަދި މެސެންޖަރ އިން ކޭޓް ، ޖީނާއަށް ވޭވް ކުރުމުން ކޭޓްވެސް ޖީނާ އާ ވާހަކަ ދައްކަން ބޭނުންވާކަން އެނގުނު ކަމަށްވެސް އެ ޕޯސްޓްގައިވެއެވެ.

އިއްޔެ ކޭޓް އަދި ޖީނާވަނީ ކައިވެނިކޮށްފައެވެ. އެދެމީހުން މެސެންޖަރއިން ވާހަކަ ދައްކަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!