Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޭޕްކުރި ދެ އަހަރުގެ ކުއްޖާއަށް އިހުމާލުވި އިތުރު ބަޔަކަށް ދައުވާ ކުރަނީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި އިތުރު ބަޔަކު ވެސް ތިބުމާއެކު އެމީހުންނަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ކުއްޖާއަށް އިހުމާލުވި އިތުރު ބަޔަކު، އެއާއިލާގައި އެބަތިބި ކަމަށާއި އެހެންކަމުން އެމީހުން ހައްޔަރު ނުކުރި ނަމަވެސް ދައުވާކުރަން ފޮނުވާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ޝަމީމު ވިދާޅުވީ މި މައްސަލާގައި ފުލުހުންނާ އެކު މަޝްވަރާކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް މައްސަލަ ހުށަހެޅޭ ވަރަށް ތައްޔާރުވަމުންދާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ރިޕޯޓް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 15 ގަ އެވެ. އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.

އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފަ ކަމަށާއި މުނި ކާފަ ހައްޔަރުކޮށްފައި ވަނީ އޭނާއަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ރިކޯޑު އޮތް މީހެއްކަމުން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ކުއްޖާގެ ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ. ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ބައެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް