މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އަދިއްތުޔާ ނާރަޔަން ކައިވެނިކުރަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ސޮނީ ޓެލެވިޒަން އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ އިންޑިއަން އައިޑަލްގެ ޖަޖް އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރާއި، އެ ޝޯގެ ހޯސްޓް އަދިއްތުޔާ ނާރަޔަން އިންނަން އުޅޭ ވާހަކަތައް ފެތުރެން ފެށި ފަހުން މިހާރު މިވަނީ ދުވަސްކޮޅެއް ވެފައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެދެތަރިން އިންނާނީ މިމަހުގެ 14 ވަނަ ދުވަހެވެ. އެއީ ލޯބިވެރިންގެ ދުވަސްގޮތުގައި ފާހަގަކުރާ ދުވަހެވެ.

Ads by STELCO

އަދިއްތުޔާ ނާރަޔަން އަކީ އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ އުދިތް ނާރަޔަންގެ ދަރިއެކެވެ. މީސްމީޑިއާގައި ނެހާ އާއި އަދިއްތުޔާ އިންނަން އުޅޭ ވާހަކަ ކިތަންމެ ބާރުމިނުގައި ފެތުރުނަމަވެސް، އަދިއްތުޔާގެ ބައްޕަ އުދިތް ވަނީ އޭނާއަށް އެ ކައިވެންޏާއި ބެހޭ އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެފައެވެ. ނަމަވެސް، އުދިތް ވަނީ އެދެކުދިންގެ ކައިވެންޏާއި ބެހޭ ގޮޮތުން ފެތުރޭ އަޑުތަކަކީ ތެދަކަށް ވިއްޔާ ވަރަށް އުފާވާނެ ކަމަށް ބުނެފައެވެ.

ނެހާ އަދި އަދިއްތުޔާ އިންޑިއަން އައިޑަލްގެ ޝޯގައި ކައިވެނި ކުރަން އުޅޭ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމާއި ބެހޭ ގޮތުން އެ ދެތަރިން އަދި އެއްވެސް ވާހަކައެއް ހާމައެއް ނުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!