ޚަބަރު

އެމްޑީޕީއަށް އާ ސެކްރެޓަރީ ޖެނެރަލްއެއް ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ވެރިކަން ކުރާ އެމްޑީޕީއިން އާ ސެކްރެޓަރީ ޖެނެރަލްއެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި މިވަގުތު ހުންނެވީ އަނަސް އަބްދުއްސައްތާރުގެ ދައުރު މިހާރުވަނީ ހަމަވެފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އަނަސް މާލޭ މޭޔަރުކަމަށް ވާދަކުރައްވާނެއެވެ.

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ. އަދި މި މަޤާމުގެ މުސާރައަކީ ދެ ފަރާތުން އެއްބަސްވާ އަގެއްކަމަށް އިއުލާނުގައި ވެއެވެ.

މި މަޤާމަށް ކުރިމަތިލާން ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެމްޑީޕީގެ އޮފީހަށް ސިޓީއާއި ވަނަވަރު ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!