ޚަބަރު

ޕްރޮބޭޝަން ހަ މަހަށް އިތުރު ކޮށްފި ނަމަ ޒުވާނުން މާޔޫސް ވާނެ: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ ބިލުގައިވާ ގޮތަށް ޕްރޮބޭޝަން ހަ މަސް ވަންދެން އިތުރުކޮށްފި ނަމަ ވަޒީފާ ދާއިމީ ނުވާތީ ޒުވާނުންނަށް އިތުރު މާޔޫސްކަމެއް ލިބޭނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވެ، ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އުފައްދައި އެ ބޯޑަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އެ ބޯޑުގެ މަސްއޫލިއްޔަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމުން ޒުވާނުން މަސައްކަތަށް ފަރުވާ ކުޑަ،ވެ އާމްދަނީ މަދުވެ، ވަޒީފާގެ ޔަގީކަން ކުޑަވާނެކަމަށެވެ.

"ޕްރޮބޭޝަން ހަ މަހަށް އިތުރު ނުކުރައްވާ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުވައްޒަފުންނަށް އިތުރު ނިކަމެތިކަމާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ބިލް އަލުން މުރާޖާ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!