ޚަބަރު

ފުވައްމުލަކު ނެރު ތެރެއަށް ޑައިވިން ދޯންޏެއް އުރިއްޖެ

ޏ. ފުވައްމުލަކު ނެރު ތެރެއަށް ޑައިވިން ދޯންޏެއް އުރިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ޑައިވިން ދޯންޏެއް ފުވައްމުލަކު ނެރު އެތެރެ އުރިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށެވެ. އަދި އެ ދޯނީގައި ހުރި ޑައިވިން ސާމާނު ނެގުމުގައި އެމްއެންޑިއެފުން ހަރަކާތްތެރި ވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެ އެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!