އަންހެނުންގެ ކޮމިޓީތަކުގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފިއެވެ.
މި އިންތިހާބުގެ ޕްރައިމަރީ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މާދަމާއެވެ. ނަމަވެސް މި ޕްރައިމަރީ މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ.
އެގޮތުން އެ ޕްރައިމަރީ އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
Ads by STO