ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރު ކޮށްފި
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ކޯޓު އަމުރުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި ބިދޭސީ މީހާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ހައްޔަރު ކުރި ބިދޭސީ މީހާއަކީ ބަނގުލަދޭޝްގެ 40 އަހަަރުގެ ފިރިހެނެކެވެ.
ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ފުލުހުންގެ ޑިވިޝަން އަށެވެ.
Ads by Allied Insurance