ދުނިޔެ

ކަރަންޓީނުކޮށްފައިވާ މީހަކު އާއްމު ފާޚާނާއެއް ބޭނުންކުރުމުން ބަޑިޖަހާ މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭތީ އުތުރުކޮރެއާގެ ޓުރެޑް އޮފިޝަލެއް ކަރަންޓީނު ކޮށްފައިވަނިކޮށް އާއްމު ފާޚާނާއެއް ބޭނުންކުރުމުން އޭނާ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

Ads by Sosun Fihaara

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކޮރޯނާ ވައިރަސް ފެތުރެން މަގުފަހިވާ ގޮތަށް އެމީހާ އަމަލުކުރުމުން، އޭނާ ހިފެހެއްޓުމަށްފަހު ވަނީ ބަޑި ޖަހާ މަރާލާފައެވެ.

އުތުރު ކޮރެއާގައި އަދި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮސިޓިވް އެއްވެސް މީހަކު ނެތެވެ. ނަމަވެސް އެގައުމުން ވަނީ އެ ވައިރަހުން ރައްކާތެރިވުމަށް ވަރަށް ހަރުކަށި ފިޔަވަަަޅުތަކެއް އަޅާފައެވެ.

ބަަޑި ޖަހާ މަރާލި އެ އޮފިޝަލަކީ ޗައިނާއަށް ޒިޔާރަތް ކޮށް އައުމުން، ކަރަންޓީން ކޮށްފައިވާ މީހެކެވެ. އެ އޮފިޝަލް ކަރަންޓީނު ކުރީ ޗައިނާއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކުވެސް ވަކި މުއްދަތެއް ވަންދެން ކަރަންޓީނު ކޮށްފައި ބެހެއްޓުމަށް އެގައުމުން ކަނޑައެޅި އުސޫލުގެ ދަށުންނެވެ.

ކަރަންޓީނުގައި ހުންނަ މީހަކު ހުއްދައާއި ނުލާ އާއްމުންގެ ތެރެއަށް ނިކުމެ އުޅެފިނަމަ އެންމެ ހަރުކަށި ފިޔަވަަޅު އެޅުމަށް ރައީސް، ކިމް ޖޮންގް އުން ވަނީ އެގައުމުގެ އަސްކަރިއްޔާއަށް އަންގާފައެވެ. އުތުރު ކޮރެއާއިން ވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހުން 14 ދުވަހުގެ ބަދަލުގައި 30 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބެހެއްޓުމަށްވެސް ނިންމާފައެވެ.

އުތުރުކޮރެއާގެ ދިހަ ހާހަަށްވުރެ ގިނަ ރައްޔިތުން ޗައިނާގެ އެކި ކާރުހާނާތަކުގައި މަސައްކަތް ކުރެއެވެ. ޗައިނާގައި އެ ވައިރަސް ފެތުރެން ފެށުމުން ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޗައިނާ ދޫކޮށް އެނބުރި ގައުމަށް ގޮސްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!