ޚަބަރު

އެޗްއައިވީ ޖެހުނު ދިވެހީންގެ އަދަދު 37، ދުނިޔޭގައި ތިބީ 22 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއް ކަމަށްވާ އެއިޑްސް ޖައްސައި އެޗްއައިވީ ވައިރަސް ޖެހުނުކަން އެނގިފައިވާ 37 ދިވެހީންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން މިއަދު ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު، 2020ވަނަ އަހަރުގެ ނިޔަލަށް އެޗްއައިވީގެ 487 ވޭދަނަ ރާއްޖޭން ފެނިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ބިދޭސީންނާއި 37 ދިވެހިންނެވެ. މިއީ 1991ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށެވެ.

އެޗްއައިވީ ޖެހުނު 37 ދިވެހީންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ. އޭގެ ތެރެއިން 15 މީހުން މިހާރު ވަނީ ނިޔާވެފައެވެ. ދުނިޔޭގައި ތިބީ 22 މީހުންނެވެ. ދުނިޔޭގައި ތިބި މީހުން އަންނަނީ މި ބަލީގައި ބޮޑުވަރު ވިޔަ ނުދޭން ބޭނުން ކުރާ އޭއާރްވީ ފަރުވާ ހޯދަމުންނެވެ.

އެޗްއައިވީ ޖެހުމަށް މަގުފަހިވާ ކަންތައްތައް ޒުވާނުންގެ ތެރޭގައި އަދިވެސް ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ބުނެފައިވެއެވެ. އޭގެ ތެރޭގައި، ޖިންސީ ގުޅުން ހިންގުމާއި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖް ބޭނުން ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!