ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ދެ ކާފަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

އެ މައްސަލައިގައި ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ (82އ) ގެ މައްޗަށް ކުރަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިދިޔަ މަހު ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެކުއްޖާގެ ބައްޕަ ގއ. ކަނޑުހުޅުދޫ/ ރިހިވެލި، އަބްދުއްސަލާމް ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާއަށް ތުހުމަތުކުރަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގަމުންދާކަން އެނގިހުރެ ނޭންގުން އަދި ކުޑަކުދިން ބެލުމުގައި އިހުމާލުވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!