ޚަބަރު

ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅެނީ ނާޖާއިޒު ފައިދާ ހޯދައިދޭން: އޭސީސީ

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހެށަހެޅިފައިވާ މައްސަލައިގެ ތަހްގީގަށްފަހު އެކަމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

އޭސީސީން ބުނީ އެކުންފުންޏަށް އެމްއޭސީއެލްއިން ޓާމިނަލް ދިނުމަށް ނިންމިއިރު އިތުރު ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން 28 ނޮވެމްބަރ 2017 ގައި ކުންފުނީގެ ބޯޑު މީޓިންއިން ޓީއެމްއޭއަށް ޓާމިނަލް ދިނުމަށް ނިންމިއިރު އޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އެނގޭކަމަށެވެ.

"... އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަން [އޭސީސީ] ގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ." ބަޔާނުގައި ވެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށް އެ ނޫންވެސް ވަރަށް ގިނަ ކަންކަން އޭސީސީގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތާއި، ދައުލަތަށް ގެއްލުން ލިބޭނެ ގޮތްތައްވެސް އެ ބަޔާނުގައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!