ޚަބަރު

ދަރިންދެކެ ޙަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން އެކުދިން ތަރުބިއްޔަތުކުރުން: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ދަރިން ދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

"ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުން" މި މައުލޫގެ ދަށުން މިއަދު އިއްވި ހުކުރު ހުތުބާ ބުނެފައިވަނީ ދަރިންނަކީ މާތްﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ވަރަށް މަތިވެރި އަމާނާތެއް ކަމަށެވެ. އަދި އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.

"އެކުދިން ހެޔޮ މަގުން އެއްކިބާވުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނެ ބަޔަކީ މައިންބަފައިންނެވެ. އެހެނީ ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މައުސޫމު ދަރިއެއްގެ ގޮތުގައި." ހުތުބާގައި ބުނެފައިވެއެވެ.

ދަރިން އުފަންވުމާއެކު އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެން ދަނީ މައިންބަފައިން އެ ކުއްޖާ ގެންގުޅޭ ގޮތެއްގެ މައްޗަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ އުޅުމާއި، ގުޅުމާއި، އަހްލާގާއި ސުލޫކު ބިނާ ވަނީ މައިންބަފައިން ދޭ ތަރުބިއްޔަތެއްގެ މައްޗަށް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ބައެއް މީހުން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ އެ ކުދިންގެ އުމުރާއި ބޭނުން ތަކަށް ނުބަލައި އެ ކުދިން ބޭނުންވާ ވަރަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުމެވެ. އަދި ދަރިންގެ ހިތަށް ތަދުވެދާނެތީ މާ ބޮޑު ބެލެހެއްޓުމެއް ނެތި އެ ކުދިން ބޭނުންހާ ކަމެއް ކޮށް ބޭނުން ތަނަކަށް ގޮސް އުޅުމުގެ މިނިވަންކަން ދިނުމެވެ. ނަމަވެސް ދަރިން ދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތަކުން އެ ދަރިން ތަރުބިއްޔަތު ކުރުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާ އަކަށް ވެގެން ކަމަށާއި މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެކަންތައްތައް ތަންފީޒުކޮށް ގެން ކަމަށެވެ.

ބަވަނަވެފައިވާ ދުނިޔެއެއްގައި ދަރިންނަށް އިންޓަނެޓާއި ލެޕްޓޮޕާއި ފޯނާއި އެ ނޫންވެސް ވަސީލަތްތައް ދިނުމުގައި މައިންބަފައިން ހާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މައިންބަފައިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީކަމަކީ ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާ ކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!