ޚަބަރު

ތަހުގީގަށް އެއްބާރުލުން ދޭނަން، މައްސަލަ އަވަހަށް ނިންމައިދީ: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި، އޭސީސީ އަށް ތުހުމަތު ކުރެވޭ ޖިނާއީ ކަންކަން ތަހުގީގު ކުރުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

Ads by STELCO

އާ ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ބުނެފައެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެމްއޭސީއެލް އިން ހަދާ އާ ސީ ޕްލޭން ޓާމިނަލުގެ ލައުންޖުން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު، އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އެގޮތުން، އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން ބުންޏެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.

އޭސީސީން ނެރުނު ބަޔާން އާންމުކޮށް ކުރި ޓްވީޓަށް ޖަވާބުދެމުން އެމްއޭސީއެލްއިން ބުނެފައިވަނީ އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ގައުމުގެ ފައިދާއަށް ކަމަށެވެ. އެ ކުންފުންޏާމެދު ދައުލަތުގެ އެއްވެސް އިދާރާއަކުން މައްސަަލައެއް ބަލާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އޭސީސީން މިހާރު ބަލަމުންދާ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އެމްއޭސީއެލްއިން ބުނީ އެއާޕޯޓަށް ބާރުބޮޑުވެ، އެއާލައިންތަކާއި، ފަސިންޖަރުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް އައު ރަންވޭ ހުޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ އެކަން ކުރެވެން އޮތީ މިހާރު ބޭނުން ކުރަމުންދާ ސީޕްލޭން ޓާމިނަލް ހުސްކޮށް، އައު ސީޕްލޭން ޓާމިނަލަށް އޮޕަރޭޝަން ބަދަލުކޮށްގެން ކަމަށެވެ.

ޓީއެމްއޭ ބޭނުންވާ ވަރުގެ ޖާގަ، އާ ސީޕްލޭން ޓާމިނަލުން ދޭނެކަމުގެ ޔަގީންކަން އެ ސިޓީގައި އެމްއޭސީއެލް އިން ދީފައިވާ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ. އެހެންވެ، ޓީއެމްއޭ އިން މިހާރު ބަލަނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވި "އެއްބަސްވުމެއް" ކަމަށެވެ. ބައެއް ހާލަތަތްތަކުގައި "ކޮމިޓްމެންޓެއް" ގެ ގޮތުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!