މޮރިޝަސްއަށް މަސް ގެންދަނީ ނުއަގުގައި ރޯމަސް ނުވިއްކަން ވެގެން: އަމްރު
މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެފައިވާ ވާހަކަތައް އޭނާ ތަފްސީލްކޮށްދެއްވައިފިއެވެ.
މިއަދު އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބޭނީ ބާނާ ހުރިހައި މަހެއް ދަޅުގައި ބަންދުކުރެވިގެން ކަމަށެވެ. އަދި ފެލިވަރުގައި ދުވާލަކަށް ބަންދު ކުރެވެނީ ދެތިން ދޯނިން ކިރާ މަސް ކަމަށް ވިދާޅުވަމުން، އަމްރު ވިދާޅުވީ، މިފްކޯއަށް ކިރުވާ މަހުގެ ބޮޑު އަދަދެއް ރޯމަހުގެ ގޮތުގައި ޒަމާނުއްސުރެ ބޭރުކުރަމުން ދަނީ ތައިލެންޑަށް ކަމަށާއި ތައިލެންޑަށް ބޭރުކުރާ މަސްކިލޯއަކަށް ލިބެނީ މަސްވެރިން އަތުން ގަންނަ އަގަށް ވުރެ ވުރެ ކުޑަ އަގެއް ކަމަށެވެ.
އަމްރު ވިދާޅުވީ، ދުވާލަކަށް ބަންދު ކުރެވެނީ 50 ޓަނުގެ މަސް ކަމަށާއި އެކަން ބަދަލުކުރުމަށް ޓަކައި ފެލިވަރު އަދި ކޫއްޑޫ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތައް މިހާރު ފެށިފައިވާ ކަމަށެވެ.
"އާ ފެކްޓްރީ އެޅެންދެން ވެސް ގެއްލުމުގައި ތައިލެންޑަށް ނުވިއްކާ ވާނެ ގޮތެއް ހޯދަންޖެހޭ." އަމްރު ވިދާޅުވީ ފެލިވަރުގައި ބަންދުކޮށްފައި ބާކީ ހުންނަ މަސް މޮރިޝަސްއަށް ގެންގޮސް އެ މަސް މިފްކޯއިން ދަޅުގައި ބަންދުކޮށް ޔޫރޮޕަށް ބޭރުކުރުމުން ރަނގަޅު އަގެއް ލިބޭނެ ކަމަށެވެ.
މޮރިޝަސް ފަދަ ގައުމުތަކުން ޑިއުޓީއަކާ ނުލައި ޔޫރަޕަށް މަސް އެތެރެ ކުރެވެއެވެ. ރާއްޖެއިން ޔޫރަޕަށް އެތެރެ ކުރާ މަހުން ޓެކްސް ނަގައެވެ. މިޓެކްސް ނަގަން ފެށީ 201 ވަނަ އަހަރު، ރާއްޖެ ކުރިއަރަމުން އަންނަ ޤައުމުގެ ލިސްޓަށް އެރުމުންނެވެ.
އެސްޓީއޯގެ ދަށުން ހިންގާ މިފްކޯއިން ރާއްޖޭގައި މަސްދަޅު ބަންދު ކުރަނީ ފެލިވަރުގައެވެ. އޮންލައިން ނޫހަަކަށް ދެއްވި އިންޓަވިއު ގެނައި ޚަބަރުގައި "މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން ފަށަނީ"ގެ ހެޑްލައިންނާ އެކު، ރާއްޖޭގެ ޕްރަޑަކްޓެއް ބޭރުގެ ޤައުމެއްގައި އުފައްދާތީ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސުވާލަކީ މިހާރުވެސް މިކަން ނުކުރޭހޭ؟
އެކި ނަންނަމުގެ ބުރޭންޑުގެ މަސްދަޅުގައި ލޭބަލް ތަތްކޮށްގެން ފިހާރަ ފިހާރައިގައި މި ވިއްކަނީ، އެއީ ހަމަ ރާއްޖޭގައި ބަންދުކުރާ ދަޅުހޭ؟
ދެން ހަމަ އެސް.ޓީ.އޯ އިން ފަސޭހަގޮތެއްގައި ފަރަންޖީ ވިލާތަށް ޑިއުޓީއާނުލާ މަސްދަޅު އެކްސްޕޯޓުކުރާނެ މަގެއް ފަހިކުރާއިރަށް ހަޅޭއްފަޅެއްޖަހައި ހަޅުތާލުުކުރާން ޖެހޭހޭ.
ކޮންމެކަމެއްވެސް ސިޔާސީ….