ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ: އަދުހަމަށް ހުކުމް ކުރުން އަންގާރަ ދުވަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ބޮން ގޮއްވައިލުމުގަައި އަމަލީ ގޮތުން ހަރަކާތްތެރިވި އަދުހަމް/ ފޮޓޯ: ދައުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގައި، ބޮން ގޮއްވައިލިކަމަަށް އަމިއްލައަށް އިއުތިރާފްވެފައިވާ އަހްމަދު އަދުހަމް ރަޝީދަށް އަންނަ އަންގާރަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

ދައުލަތުން އަދުހަމްގެ މައްޗަށް އުފުލައިފައި ވަނީ ހަތަރު ދައުވާއެކެވެ. އެއީ:
▪︎ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި
▪︎ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާއާއި
▪︎ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން،
▪︎ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލާން އުޅުމުގެ ކުށުގެ ދައުވާއެވެ.

އަދުހަމަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވައިލި މީހާއެވެ. އޭނާ ޖާނުން ފިދާވެގެން ވިޔަސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ތަހުގީގަށް ދިން ބަޔާނުގައި އޭނާ ބުނެފައިވެއެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާތައް މިދިޔަ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އިއްވުމުން އެ ދުވަހު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!