ޚަބަރު

2020ގެ އޮލިމްޕިކްސްއަށް ދުއްވާ މިސްކިތްތަކެއް

ދެން އެމްވީ ، ދެން އޮންލައިން

2020 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި ދިމާކޮށް ޖަޕާނުން ދުއްވާ މިސްކިތެއް ތައާރަފް ކޮށްފިއެވެ.

Ads by MWSC

ނަމާދުކުރުމަށް ޚާއްސަކޮށް ޓްރަކް ގައި މިސްކިތް ތައްޔާރުކުރި ޓޯކްޔޯގެ ކުންފުނިން ބުނެފައިވަނީ މި މިސްކިތަކީ އޮލިމްޕިކްސް އާއި ގުޅިގެން އެ ގައުމަށް ޒިޔާރަތްކުރާ މުސްލިމުންނަށްޓަކައި އެމީހުން ބިނާ ކުރި އެއްޗެއްކަމަށެވެ. ޖަޕާނަކީ މާ ގިނަ މިސްކިތްތަކެއް ހުންނަ ގައުމަކަށް ނުވެފައި މި މިސްކިތާއިއެކު އެ ގައުމަށް ޒިޔާރަތްކުރާ މުސްލިމުންނަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށްވެސް އެ ކުންފުނިންް ބުނެފައިވެއެެވެ.

ޓޮޔޯޓާގެ ސްޓޭޑިއަމް އެއް ކައިރީގައި އާންމުންނަށް މި މިސްކިތް މިހާރުވަނީ ދައްކާލާފައެވެ. އެތެރޭގައި ނަމާދު ކުރުމުގެ އިތުރުން ވުޟޫ ކުރެވޭނެ އިންތިޒާމް ވެސް މި މިސްކިތުގައި ހަމަޖެހިފައި ހުރެއެވެ. މި މިސްކިތުގެ ސަބަބުން އޮލިމްޕިކްސް އާއި ދިމާކޮށް ޖަޕާނަށް ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.


ޖަޕާނުގައި 300000 އާއި ގާތްކުރާ އަދަދަކަށް މުސްލިމުން އުޅޭއިރު ޖަޕާނުން މިކުރި އީޖާދާއެކު ޖަޕާނުން މުސްލިމުންނާއި ދޭތެރޭ ބަހައްޓާ އޯގާތެރިކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!