ޚަބަރު

ސްނޯކްލިން އަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

އއ. މަޑިވަރު ބޭރުގައި ސްނޯކްލިން އަށް ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މިހާރު އޮތީ އއ.ރަސްދޫ ހޮސްޕިޓަލުގައެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!