ދުނިޔެ

ހެއިޓީގައި ތެޔޮ ޓޭންކަރެއް ގޮވައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހެއިޓީގެ އުތުރު ސަރަހައްދެއްގައި ތެޔޮ ޓޭންކަރެއް ގޮވައި 50އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި، ހެއިޓީގައި މިއަދު އެ ޓޭންކަރު ވަނީ އެހެން ވެހިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެފައެވެ. ތެޔޮ ޓޭންކަރު ގޮވީ އެކްސިޑެންޓުގެ ސަބަބުން ލީކުވި ތެޔޮތައް ނަގަން ބައެއް މީހުން އުޅެނިކޮށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި 50އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، މި ހާދިސާގައި ޒަހަމްވި އެތައް ބަޔަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ހެއިޓީގެ ބޮޑު ވަޒީރު އޭރިއަލް ހެންރީ ބުނީ މި ހިތާމަވެރި ހާދިސާގައި މުޅި ކޭރީބިއަން ނޭޝަން ބައިވެރިވާ ކަމަށާއި، ހިތާމަ ފާޅު ކުރުމުގެ ގޮތުން ތިން ދުވަހަށް ސަރުކާރު ބަންދު ވާނެ ކަމަށެވެ.

ޓްވިޓާ މެދުވެރިކޮށް އޭރިއަލް މިއަދު ބުނީ، އޭނާއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭގައި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!