ޚަބަރު

ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި 7 ވަނަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ބޭރު ބަޔަކަށް ވަޅިން ދިން ހަމަލާގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާއާއެކު މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ ހަތަކަށް އަރާފައެވެ. މި މައްސަލާގައި މީގެކުރިން ވެސް ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

އެ ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އެ ވީޑިޔޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!