ޚަބަރު

ޓީއެމްއޭއާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އެމްއޭސީއެލްއާ ވެސް އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާ ސަބަބު ބަޔާންކުރައްވާ އެމަނިކުފާނުގެ އަތްޕުޅުން ލިޔެފައިވާ ނޯޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެއާރޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވާނެކަމަށް ދެކޭ ކަމަށެވެ. އަދި ޓީއެމްއޭއާއި އެމްއޭސީއެލްއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި ގުޅުން އޮންނަނީ ދިވެހިންނާއި ރާއްޖެ އާއި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް ދިނުމާ ގުޅޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެސް ވަންނަވާފައިވާއިރު، ނަޝީދު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި އިއްޔެ ހެނދުނު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޓާމިނަލް މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނެތެވެ. އެހެންކަމުން އެއްބަސްވުމެއް ނެތީސް ޓީއެމްއޭ އަށް ބަދަލުދޭން ޖެހޭނެ ގޮތާއި މެދު އާންމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު އޭސީސީން އިއްޔެ ވަނީ އެ ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!