ޚަބަރު

ގެއްލުނު މީހަކު 12 އަހަރު ފަހުން ފެނުނު އިރު އަނބިމީހާ އުޅެނީ އެހެން މީހަކާ އިނދެގެން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ:ޕަޓްނާގެ ރައްޔިތަކު ގެއްލުނުތާ 12 އަހަރު ފަހުން ފެނިއްޖެއެވެ.

Ads by STELCO

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަޓްނާގެ ޚިލާފަރުޕޫރުގެ ރައްޔިތެއް ކަމަށްވާ ޗަވީ ކުމާރު ގެއްލިފައި ވަނީ މީގެ 12 އަހަރު ކުރީން އޭނާގެ އުމުރުން 23 އަހަރުގައެވެ.

އާއިލާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ އޭނާ ހޯދުމަށް އެތައް މަސައްކަތެއް އާއިލާއިން ކުރި ކަމަށާއި ނަމަވެސް އެ މަސައްކަތަށް ކާމިޔާބެއް ނުލިބި އެހައި ގިނަ ދުވަސްވުމުން ، އޭނާ މަރުވީކަމަށް ނިންމައި އެ މީހުންގެ ދީނުގައިވާ ގޮތަށް އޭނާގެ މައްޗަށް ކުރެވޭ އެންމެ ފަހުގެ އަޅުކަންތައް ވެސް ކޮށްނިންމައިފައިވާ ކަމަށެވެ. ހަމަ އެހެންމެ ، އޭނާގެ އަނބިމީހާ ވެސް ވަނީ 2 އަހަރު ވަންދެން ފިރިމިހާއަށް އިންތިޒާރު ކުރުމަށް ފަހު މީހަކާ އިނދެފައެވެ.

ޗަވީކުމާރުގެ ޢާއިލާއަށް ކުއްލި އުފާވެރިކަމެއް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ޗަވީ ކުމާރުގެ ކޮއްކޮއަށް ގުޅައި ، ޗަވީ ކުމާރު ކިޔާ މީހެއްގެ ސިޓީއެއް ލިބިފައިވާ ކަމަށް އެންގިއެވެ. އަދި އޭނާ މިހާރު ހުރީ ޕާކިސްތާނުގެ ޖަލެއްގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ހަމަ އެހެންމެ މީހާ ޔަގީން ކުރުމަށް ފުލުހުން ވަނީ ފޮޓޯ ވެސް ދައްކައިފައެވެ.

ޢާއިލާއިން ވަނީ އޭނާ އެނބުރި ޢާއިލާ ގާތަށް ވީހައި ވެސް އަވަހަކަށް ގެނެސްދިނުމަށް އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!