ޚަބަރު

ރާއްޖެ އިން ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާ އަތުލައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އިން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

Ads by Hajj Corporation

އެ އިދާރާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން، ކަސްޓަމްސް އިން ޑިކްލެއާ ކުރުމެއް ނެތި ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ ހަތަރު މިލިއަން ވުރެ ގިިނަ ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ގަވާއިދާ ޚިލާފަށް ފައިސާ ބޭރުކުރަން އުޅެނިކޮށް އަތުލައިގަތީ ދިވެހި ދެ ފިރިހެނަކާއި ބިދޭސީއެކެވެ. އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑިކްލެއާ ކުރުމެއް ނެތި އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކުރަން އުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން އެ ބުރުގައި ވަނީ 2.1 މިލިއަން ރުފިޔާ އަތުލައިގެންފަ އެވެ. އަދި ހަމަ އެ ދުވަހު ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ ފިރިހެނަކު ގަވައިދާ ޚިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު 617،000ރ. އަތުލައިގަތެވެ. އަދި މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 1.3 މިލިއަން ރުފިޔާ އަތުލައިގަތް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 ޑޮލަރު ނުވަތަ އެ އަށް ވުރެ މަތީ އަދަދެއްގެ ފައިސާ ނަމަ، ބޭރުގެ ފައިސާ އިން ނުވަތަ ދިވެހި ރުފިޔާ އިން ވެސް ރާއްޖެ އިން ބޭރު ކުރެވޭނީ ކަސްޓަމްސް އިން ޑިކްލެއާ ކުރުމަށް ފަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!