ޚަބަރު

ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓީންކުރި ދެ މީހަކު ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް(ކޮވިޑް-19)އާ ގުޅިގެން ރާއްޖެއިން ކަރަންޓީންކުރި ތިން މީހުންގެ ތެރެއިން މީހަކު ދޫކޮށްލައިފިއެވެ.

Ads by MWSC

ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނާތީއާ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާތީ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މި ތިން މީހުންނަކީ ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ޗައިނާ އަށް ދިޔަ ތިން މީހުންނެވެ. އެހެންކަމުން ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ތިން މީހުންވެސް 14 ދުވަހުގެ ކަރަންޓީނެއްގައި ބެހެއްޓިއެވެ.

މި ތިން މީހުން ކަރަންޓީން ކޮށްފައި ބެހެއްޓީ ފަރުކޮޅު ފުށީގައެވެ. އަދި އެ މީހުންގެ ގައިގައި ވައިރަސްގެ އަސަރު ނެތްކަން ކަށަވަރުކުރުމަށް ޓެސްޓް ހަދާފައިވާ އިރު، މިހާތަނަށް 2 މީހެއްގެ ޓެސްޓް ނަތީޖާ ވަނީ ލިބިފައެވެ. އަދި އެ ދެމީހުން ބައްޔަށް ނެގެޓިވްކަން ވަނީ ކަށަވަރު ކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!