ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިން ، އެކުގައި 80 އަހަރު

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިން އެމީހުންގެ ކައިވެންޏަށް 80 އަހަރު ފުރުން އެކުގައި ފާހަގަކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ 107 އަހަރުގެ ޖޯން ހެންޑަސަން އާއި 105 އަހަރުގެ ޗާލޮޓް ކައިވެނި ކުރީ 1939 ވަނަ އަހަރުގައެވެ. މި ދެމަފިރިން މިދިޔަ އަހަރުގެ ނޮވެމްބަރ ގައި ކައިވެންޏަށް އައްޑިހަ އަހަރު ފުރުން ފާހަގަ ކޮށްފައިވާއިރު ޖޯން ބުނެފައިވަނީ އެދެމީހުންނަށް ލޯބިވެރިންގެ ގޮތުގައި 85 ހޭދަކުރެވިފައިވާ ކަމަށެވެ.

ޖޯން ބުނެފައިވާ ގޮތުގައި އޭނާ އާއި ޗާލޮޓް އެންމެ ފުރަތަމަ ދިމާވީ 1934 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ޓެކްސަސް އިންނެވެ. ފުރަތަމަ ނަޒަރުން ވެސް ޖޯން އަށް ޗާލޮޓު ކަމުދިޔަކަމަށާއި އޭނާ އާއެކު ޑޭޓަކަށް ދާނަންތޯ އެހީ ވެސް އެހެންވެ ކަމުގައި ޖޯން ބުނެފައިވެއެވެ. މި ދެ ލޯބިވެރިން ދަރިޔަކު ހޯދާފައި ނުވާއިރު ހަޔާތުގެ ބޮޑުބައި ހޭދަކުރީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރުމުގައެވެ. 1970 ވަަނަ އަހަރު ރިޓަޔަރ ވުމަށް ފަހު އެނބުރި ޓެކްސަސްއަށް ގޮސް އެތާގައި ވަޒަންވެރިވީ އެތަނަކީ އެމީހުންގެ ލޯބީގެ ފެށުން ކަމުގައި ވާތީކަމަށް ވެސް ޖޯން ބުނެފައިވެއެވެ.


ދުނިޔޭގެ އެންމެ ދުވަސްވީ ޖޯޑުގެ ގޮތުގައި ޖޯން އަދި ޗާލޮޓް ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައެވެ. ގިނަ ބަޔަކު ދެކެނީ މިއީ ލޯބީގެ މިސާލެއްގެ ގޮތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!