ރިޕޯޓު

ކޮންމެ ހަތަރު އަހަރުން އެއްއަހަރު އެއްދުވަސް އިތުރުވަނީ ކީއްވެކަން އެނގޭތަ؟

އަހަރަކު 365 ދުވަސް އޮންނަކަމާއި ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު މި އަދަދު 366 އަކަށް ބަދަލުވާ ކަމީ އަހަރެމެން އެންމެންވެސް ދަންނަ ކަމެކެވެ. ފެބްރުއަރީ މަހަށް އިތުރުވާ މި ދުވަހާއިއެކު އެ އަހަރަށް ލީޕް އަހަރުގެ ނަމުން ދެވެއެވެ.

މިފަދައިން މިކަން ހިނގަނީ ކީއްވެތޯ ދުވަހަކުވެސް ހިތަށް އެރި ހެއްޔެވެ؟ އިރު ވަށާ ދުނިޔެ ޖަހާ ކޮންމެ އެއް ބުރަކީ އެއް އަހަރެވެ. އެއީ 365 ދުވަސް ކަމުގައި އަހަރުމެން ގަބޫލުކުރަމުއެވެ. ނަމަވެސް ހަގީގަތުގައި އިރު ވަށާ ދުނިޔެ ޖަހާ ކޮންމެ ބުރެއް ނިންމުމަށް 365.2421 ދުވަސް ނަގައެވެ. 365 ދުވަހުގެ އިތުރުން އެ ހޭދަވާ 0.2421 ދުވަސް ރައުންޑް އޮފް ކޮށްލުމުން ދުވަހެއްގެ ހަތަރުބައި ކޮށްފަ އެއްބައި މިކަމަށް ހޭދަވެއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު 366 އޮންނަނީ މި ސަބަބާއި ހުރެއެވެ. ހަތަރު އަހަރުން އެއް ދުވަސް ހަމަ ވާނެތީއެވެ. އެ ދުވަހަކީ ފެބްރުއަރީ 29 ގެ ގޮތުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކަލަންޑަރުގައި ހިމެނިފައިވެއެވެ. މި ހިނގާ 2020 ވަނަ އަހަރަކީ ވެސް މިފަދަ ލީޕް އަހަރުތަކުގެ ތެރެއިން އަހަރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!