ލައިފްސްޓައިލް

ދިއްލީގައި ބާއްވާ ބޮޑެތި އާޓް މައުރަޒުތައް ކޮވިޑްގެ ސަބަބުން ފަސްކޮށްފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ދިއްލީގެ އާޓް ގެލެރީއެއްގައި އާޓްވޯކް ބަލަނީ

ދިއްލީގައި ބާއްވާ ބޮޑެތި އާޓް މައުރަޒުތައް ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފިއެވެ.

Ads by STELCO

މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އާޓް އެލައިވް ގެލަރީގެ ޑިރެކްޓަރު ސުނައިނާ އާނަންދު ވަނީ ދިއްލީގެ ބިކަނީރު ހައުސްގައި އެގްޒިބިޝަނެއް ބާއްވަން އެ ތަން ބުކްކޮށްފައެވެ. ޖަނަވަރީ މަހުގެ 13އިން 22އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސާކްތީ ބުރަންއާއި މައިޓޭ ޑެލްޓެއިލްއާއި އެމީހުންގެ އަންހެންދަރިފުޅު މާޔާ ބުރަމަންގެ މަސައްކަތްތައް އެއްތަނަކުން ގެނެސްދޭ ޓްރައިޕާޓައިޓް އެގްޒިބިޝަން މިހާރު ވަނީ ދިއްލީއިން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވުމުގެ ސަބަބުން ފަސްކޮށްފައެވެ.

ދިއްލީގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާތީ، ޕްރައިވެޓް ގެލަރީތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދެމުންދިޔަ ނަމަވެސް، ބޮޑެތި ގިނަ އާޓްއެގްޒިބިޝަންތައް ފަސްކުރަމުން އެބަދެއެވެ. ގެލެރީ އީސްޕޭސްގެ ޑިރެކްޓަރު ރޭނޫ މޯދީ ބުނީ ގެލެރީތަކަށް ޒިޔާރަތް ކުރުމާ މެދު މީހުންގެ ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ގެލެރީގައި އޭނާގެ އެންމެ ފަހު ޝޯ ހުޅުވުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ދިއްލީގެ މިހާރުގެ ހާލަތަށް ބަލާއިރު، އޭނާގެ ކުރިއަށް އޮތް އެގްޒިބިޝަން ފަސްކުރަން ނިންމައިފައިވާ ކަމަށެވެ. އަދި މިހާރު އެގްޒިބިޝަން ބޭއްވިޔަސް މީހުން އައުން މަދުވުމުގެ ސަބަބުން އޭގައިވާ މަސައްކަތަށް އިންސާފެއް ނުލިބޭނެ ކަމަށް ބުނެފައި ވެއެވެ.

2021ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިއްލީގެ މަޝްހޫރު ފަންނާނުންގެ ގިނަ މައުރަޒުތަކެއް ވަނީ ހުޅުވައިފައެވެ. އިގްތިޞާދީގޮތުން އާޓް އިންޑަސްޓްރީއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާތީ ކޮވިޑުގެ ތިންވަނަ ރާޅާ އެކު މިހާރު އެ އިންޑަސްޓްރީއިން ދަނީ ސަމާލުވަމުންނެވެ.

މިދިޔަ ހަފުތާގައި އެ ގައުމުގެ ކަލްޗާ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށްވާ އިންޑިއާ އާޓް ފެއާ (އައިއޭއެފް) ވަނީ ފެބްރުއަރީ މަހުން އޭޕްރީލް(އޭޕްރީލް 28-މެއި 1)އަށް ފަސްކޮށްފައެވެ. އައިއޭއެފްގެ ޑައިރެކްޓަރު ޖަޔާ އަސޯކަން ބުނެފައި ވަނީ އެހެން ހުރިހާ ކަމެއް އަދިވެސް އޮތީ ހަމަ ކުރިން ރޭވިފައިވާގޮތަށް ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެނގޭ ހާލަތު އަންދާޒާ ނުކުރެވޭކަން، ނަމަވެސް އަޅުގަނޑުމެންގެ އާޓިސްޓުންނާއި އެގްޒިބިޓަރުންނާއި ޕާޓްނަރުންގެ އެއްބާރުލުމާ އެކު ޓީމް އިންޑިއާ އާޓް ފެއާ އޭޕްރީލް މަހަށް ރޭވިފައިވާއިރު ކުރިއެކޭ ވެސް އެއްފަދައިން ޑައިނަމިކް އަދި ފްރެޝް ފެއާއެއް ޑެލިވާ ކުރަން ތައްޔާރު." ޖަޔާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!