ލައިފްސްޓައިލް

ކަނޑަށް ގެއްލުނު ޓޭޕް ފެނުނީ 25 އަހަރު ފަހުން

ދެން އެމްވީ ، ދެން އޮންލައިން
މިއުޒިކާއި ލަވަ އަޑު އަހާލުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ އަތުގައި އޮންނަ މޮބައިލް ފޯނުންވެސް މިކަން ފަސޭހަ ކަމާއިއެކު ކޮށްލެވެއެވެ. ނަމަވެސް މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު މިކަން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ލަވަ އާއި މިއުޒިކް އޭރު އަޑު އަހައި އުޅެނީ ޓޭޕަކަށް ރެކޯޑު ކޮށް ކެސެޓް ޕްލޭޔަރ އެއްގައި އެހީގައެވެ. އޭރު އެފަދަ ޓޭޕަކީ ކޮންމެ މީހަކަށް ލިބޭ އެއްޗެއްވެސް ނޫނެވެ.
1995 ގައި އުމުރުން އެންމެ ބާރަ އަހަރުގައި ސްޓެލާ ވެޑެލް ވެސް ލަވަ ޓޭޕެއް ގެންގުޅުނެވެ. އެހާމެ ލޯބިން ގެންގުޅު ޓޭޕް ކަނޑަށް ވެއްޓި ގެއްލުމާއިއެކު ފުން ހިތާމަތަކެއް ވެސް ކުރިއެވެ. 25 އަހަރު ފަހުން އެ ޓޭޕް އަލުން ލިބިދާނެ ކަމަށް ބާލިންއަށް ނިސްބަތްވާ ސްޓެލާ އުއްމީދު ވެސް ނުކުރެއެވެ.
ނަމަވެސް މޫދުން ހޮވި ކުނިން ބޭއްވި އެގްޒިބިޝަން އެއްގައި ސްޓެލާ އަށް މި ވަނީ އޭނާގެ ގެއްލުނު ޓޭޕް އަލުން ލިބިފައެވެ. ސްޓެލާ އެންމެ އުފާވީ 25 އަހަރު ފަހުން އެއްވެސް މައްސަލައަކާއި ނުލާ މިހާރު ވެސް އެ ޓޭޕް އަޑު އަހާލެވޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ކަމާއި ގުޅިގެން ސްޓެލާގެ ނަސީބުގަދަ ކަމުގެ ވާހަކަ ބައެއް މީހުން ދައްކަމުން އަންނައިރު އަނެއް ބަޔަކު ބުނަނީ މޫދަށް އަޅާ ޕްލާސްޓިކް މިހާ ގިނަ ދުވަހު ހަލާކު ނުވެ ހުރުމަކީ އަހަރުމެން އެންމެން ވެސް އެކަމާއި ވިސްނައި ސަމާލު ވާން ޖެހޭ ކަމެއް ކަމުގައެވެ.

Ads by MWSC
Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!