15 ޖެނުއަރީއިން ފެށިގެން ވެކްސިން ބޫސްޓަރ ޑޯޒް ޖަހަން ފަށަނީ
މި އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާއްމުކޮށް ބޫސްޓަރ ވެކްސިން ޑޯޒް ޖެހުމަށް ހުޅުވައިލައިފިއެވެ.
އެޗްޕީއޭއިން މިއަދު ވިދާޅުވީ، ވެކްސިން ޑޯޒް ޖެހުމަށް ނިންމައިފައި ވަނީ ދެވަނަ ޑޯޒް ޖެހިތާ ހަ މަސްވެފައިވާ މީހުންނަށް ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުން، book.hpa.gov.mvއިން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،033 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 368،351 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 28،085 މީހެކެވެ.
ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.